ޚަބަރު

ވިމް "ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2024" ބާއްވައިފި

މުހައްމަދު އައުޒަމް

ވިމެން އިން މެނޭޖްމަންޑް މޯލްޑިވްސް އިން ''ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2024'' ބާއްވައިފިއެވެ.

ވިމް ''ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2024'' ގައި 50 އަށްވުރެ ގިނަ ފަރާތް ނޮމިނޭޓް ވެފައިވާއިރު ޖަޖުންގެ ގޮތުގައި މިއަހަރުގެ އެވޯޑު އިންސާފުކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ބޭންކް ޑިރެކްޓަރު، ފާތިމަތު މަނިކެގެ އިތުރުން އެސްއެމްއީ ފެޑަރޭޝަން މޯލްޑިވްސްގެ ރައީސް އަބްދުލް ލަތީފު އަދި ލަންކާގެ ޕީއޭއެމްއެސް ހައިޑްރޯ ގްރޫޕުގެ މެނޭޖްމަންޓް ޑިރެކްޓަރު މަނޯޖް ވަޑުގޮޑަޕިޓިޔާގެ އިތުރުން މޯލްޑިވްސް ސްކައުޓް އެންޑް ގައިޑް ފެލޯޝިޕްގެ ޕާމަނަންޓް މެންބަރު މަރިޔަމް ވަހީދާއެވެ. މީގެ އިތުރުން މިއަހަރުގެ އެވޯޑްގެ މެއިން ޕާޓްނަރު، އައިއެފްސީގެ ޖެންޑާ ސްޕެޝަލިސްޓް ފޯ ސައުތު އޭޝިއާ ޕްރަމިޓާ ރޭގެ އިތުރުން ލަންކާގެ ޔުނިވަސިޓީ އޮފް ކެލާނިޔާގެ ޑިޕާޓްމަންޓް އޮފް މާކެޓިން މެނޭޖްމަންޓްގެ ޕްރޮފެސަރު، ޑރ ރަވީ ޑިސަނަޔަކަ ހިމެނެއެވެ.

މިހާތަނަށް ދިވެހިރާއްޖެއިން 170 އަށްވުރެ ގިނަ އަންހެނުންނަށް މި އެވޯޑު ލިބިފައިވާއިރު އޭގެ ތެރޭގައި ބޭންކިން އަދި ފައިނޭންސް، ހޮސްޕިޓަލިޓީ، މީޑިއާ، ގާނޫނީ، ލޮޖިސްޓިކްސް އަދި ސަޕްލައި ޗެއިން ފަދަ ތަފާތު ގިނަ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުން ހިމެނެއެވެ. 'ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް' އިން ދައްކުވައިދެނީ މުވައްޒަފުންގެ ގޮތުގައާއި، ވިޔަފާރިވެރިންގެ ގޮތުގައާއި، އަދި ވިޔަފާރީގެ ލީޑަރުންގެ ގޮތުގައި އަންހެނުން އަދާކުރާ މުހިންމު ދައުރާއި، އެމީހުން ގެންނަ ބޮޑެތި ބަދަލުތަކެވެ.

މި އަހަރުގެ އެވޯޑުގައިވެސް ހަތަރު ކެޓަގަރީއެއް ހިމެނެއެވެ. އެއީ ކެރިއާ އިނާމު ކެޓަގަރީ، ވިޔަފާރި އިނާމު ކެޓަގަރީ، ޕްރޮފެޝަނަލް ކެޓަގަރީ، އަދި ހާއްސަ އިނާމު ކެޓަގަރީއެވެ.

މިއަހަރު ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް ލިބުނު ފަރާތްތައް:

  • ކެރިއާ ލީޑާޝިޕް އިން ސޭލްސް އެންޑް މާކެޓިން: މަރިޔަމް މާއިޝާ/ ހައިރައިސް ގްރޫޕުގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން
  • ކެރިއާ ލީޑާޝިޕް އިން މެނޭޖްމަންޑް: އާމިނަތު އަލީ/ އެމްއެންޔޫގެ ކުޅުދުއްފުށި ކެޕްމަސްގެ މެނޭޖަރ އަދި ސަދަން ކޮމިއުނިޓީ އެމްޕަވާމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓް
  • ކެރިއާ ލީޑާޝިޕް އިން ރިސްކް މެނޭޖްމަންޓް: ޝަފީނާޒް ހަސަން/ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ސެކްރެޓަރީ ޖެނެރަލް
  • ކެރިއާ ލީޑާޝިޕް އިން ފެޝަން ޑިޒައިނިން: ފާތިމަތު ހަލީމް/ ޗޮމްޕީސް ކަލެކްޝަންގެ އޯނަރު
  • ކެރިއާ ލީޑާޝިޕް އިން ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް: ފާތިމަތު ޖަބީން/ އެމްޓީސީސީގެ ހިއުމަން ރިސޯސަސްގެ ޖެނެރަލް މެނޭޖަރު
  • ކެރިއާ ލީޑާޝިޕް އިންއެޑްމިނިސްޓްރޭޝަން: ހައްވާ ހަސީނާ/ އެމްއެމްޕީއާރްސީ
  • ކެރިއާ ލީޑާޝިޕް އިން މީޑިއާ: އާސިމާ ނިޒާރު/ މިހާރު ނިއުސްގެ ސަބްއެޑިޓަރ
  • ކެރިއާ ލީޑާޝިޕް އިން މެޑިކަލް ސެކްޓަރ: ޑރ ފާތިމަތު މުފްލިހާ/ އައިޖީއެމްއެޗްގެ ސީނިއާ ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ
  • ކެރިއާ ލީޑާޝިޕް އިން މެންޓަރިން އެންޑް ކޯޗިން: ފާތިމަތު އާފިޔާ/ އަ ފޯކަސް އެކަޑެމީގެ މެނޭޖިން ޑިރެކްޓަރ އަދި މޯލްޑިވްސް ޓެލެންޓްގެ ފައުންޑަރ
  • ކެރިއާ ލީޑާޝިޕް އިން އޭވިއޭޝަން: ފާތިމަތު ނަތާޝާ ލަތީފް/ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ފްލައިޓް އޮޕަރޭޝަން އިންސްޕެކްޓަރ އަދި އެއާބަސް އޭ320 ރޭޓިންގެ ޕައިލެޓް ލައިސަންސް ހޯލްޓަރ
  • ކެރިއާ ލީޑާޝިޕް އިން ބިޒްނަސް މެނޭޖްމަންޓް: އާމިނަތު ޝައީރާ/އެކޭވިއާ ކޮންސަލްޓަންސީގެ ކޯ ފައުންޑަރ
  • ކެރިއާ ލީޑާޝިޕް އިން ހިއުމަން ރިސޯސަސް: އައިޝަތް ޝަޒްލީނާ / ވީއޭއެމްކޯގެ އެޗްއާރް އަދި އެޑްމިން ޑިރެކްޓަރ
  • ކެރިއާ ލީޑާޝިޕް އިން ބިޒްނަސް ޑިވެލޮޕްމަންޓް: އައިޝަތު އާލާ އަބްދުލް ހައްނާން/ ޓީއެމްއޭގެ ކޯޕަރޭޓް ސްޓްރެޓަޖީ ބިޒްނަސް ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ މެނޭޖަރ
  • ކެރިއާ ލީޑާޝިޕް އިން އޮޑިޓިން: އާމިނަތު ރީމާ ރަޝީދު/ ކޮއިންސިއޯ އެލްއެލްޕީގެ ފައުންޑަރ އަދި މެނޭޖިން ޕާޓްނަރ
  • ވުމެން ވިތް އަ ކޯސް: މަރިޔަމް ފިޔާޒާ/ އަލްޒެމާސް ސޮސައިޓީ އޮފް މޯލްޑިވްސްގެ ކޯފައުންޑަރ އަދި ސެކްރެޓަރީ ޖެނެރަލް
  • އާޓްސް އެންޑް މިއުޒިކް: ފަތިމަތް ފެޒްލީން/ ޑިޓުއިން ބޭންޑްގެ އޯނަރ އަދި ބޭންޑް ލީޑަރ
  • އާޓްސް އެންޑް ކްރާފްޓްސް: މަރިޔަމް ފާއިޒާ/ އާޓިސަން އެންޑް މާސްޓަރ ވޭވަރ
  • އާޓްސް އެންޑް ލިޓްރޭޗަ: އައިޝަތް ހުސައިން މަނިކު/ ޕޮއެޓް އޯގަނައިޒޭޝަންގެ ރައީސާ
  • ލީޑާޝިޕް އިން ސޯޝަލް އިމްޕެކްޓް: އަސްމާ ހަސަން/ ބައިސިކަލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޖެނެރަލް ސެކެޓްރީ
  • ވުމެން އެންޓްރެޕްރެނުއާ އޮފް ދަ އިޔަރ(ސްމޯލް): އައިމިނަތް ސީމާ/ އައިމިސް ޕޭސްޓްރީގެ އޯނަރ
  • ވުމެން އެންޓްރެޕްރެނުއާ އޮފް ދަ އިޔަރ(މީޑިއަމް): ފާތިމަތް ޝަރުމީލާ/ ކަޑަލް ކެއާ ޑޭކެއާގެ އޯނަރ
  • އިންސްޕިރޭޝަނަލް ވުމެން އޮފް ދަ އިޔަރ، އެންޓްރެޕްރެނުއާޝިޕް: ޝިޔާމާ އަހުމަދު/ ޓްޕްސީ ޓްރޭނިން ސެންޓަރުގެ އޯނަރ
  • ސްޕޯޓްސް ވުމެން އޮފް ދަ އިޔަރ: ފާތިމަތު އިބްރާހިމް/ ޕެރަލިމްޕިއަން
  • ގްލޯކަލް ވުމެން އޮފް ދަ އިޔަރ: އާމިނަތު ޒާދީ/ ބްރެނިއާ ރިސޯޓް މެނޭޖްމަންޓްގެ ޗީފް އޮޕަރޭޓިން އޮފިސަރ އަދި ރައޯފް އެންޑް ކޯލިވިން ބްރޭންޑް ސިންގަޕޯގެ ފައުންޑަރ
  • ވުމެން އޮފް ދަ އިޔަރ: ޒަހިއްޔާ މުހައްމަދު/ އއ.އުކުޅަސް ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީގެ ރައީސާ
  • ޔޫތް ލީޑަރ އޮފް ދަ އިޔަރ: މަރިޔަމް ތަސަންނަމް ވަހީދު/ ވުމެން ބައި ޓޯކްއެމްގެ ޕޮޑްކާސްޓަރ، ރައިޓަރ، ވޮއިސް އޯވާ އާޓިސްޓް އަދި އެޑިޓަރ އިން ޗީފްގެ އިތުރުން ވުމެން އިން ޑިމޮކްރަސީގެ އެގްޒެކެޓިވް ބޯޑު މެމްބަރ
  • މޭލް ޗެމްޕިއަން އޮފް ދި އިޔަރ: އަންވަރު އަލީ/ ހޯޕް ފޯ ވުމެންގެ ޗެއާމަން
  • އެންޖީއޯ އޮފް ދަ އިޔަރ: ކެއާ ސޮސައިޓީ
  • ކޯޕަރޭޓް ލީޑަރޝިޕް އިން ޑައިވާސިޓީ، އިންކްލޫސިވިޓީ އެންޑް އީކުއިޓީ: ދިރާގު

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ)ގެ މިއަހަރުގެ 'ޕްރޮފެޝަނަލް އެންޑް ކެރިއާ ވިމެން އެވޯޑްސް 2024' ގެ މެއިން ޕާޓްނަރަކީ އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) އެވެ.