އިސްލާމިކް މިނިސްޓްރީ

ޔޫއޭއީ އިން ރޯދައަށް ހަދިޔާކުރި ކަދުރު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި

1

ޔޫއޭއީ އިން މިއަހަރުގެ ރަމަޟާން މަހަށް ހަދިޔާކުރި ކަދުރު، އިސްލާމިކް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފިއެވެ.

ނަމަވެސް މި ކަދުރު ބަހާނެ ވަކި ދުވަހެއް އެމިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މިއަހަރުގެ ރަމަޟާން މަހަށް ބަހަން ސައޫދީ އަރަބިއްޔާއިން ފޮނުވި ކަދުރު އިސްލާމިކް މިނިސްޓްރީއާ ހަވާލުކުރުމުން އެ މިނިސްޓްރީން ވަނީ ކަދުރު ބެހުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލާއި ހަވާލުކޮށްފައެވެ. އެ ކަދުރު މިހާރު ވަނީ ބަހައިފައެވެ.

ކަދުރު ބެހުމުގައި މިފަހަރު އިސްކަން ދީފައިވަނީ ފަގީރުންނަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟