ސަރުކާރު ބަދަލުވުމުގެ ކަންކަން ދާނީ އޮމާންކޮށް ކަމަށް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ކުރީގެ ރައީސް އަދި އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އާއިއެކު ވައިޓްހައުސްގެ އޯވަލް އޮފީހުގައި ބައްދަލު ކުރައްވާފައެެވެ.
އެބައްދަލުވުމުގައި ޓްރަމްޕާއި ބައިޑަން ވަނީ އާ ސަރުކާރާއި މަސްއޫލިއްޔަތުތައް ބަދަލު ކުރުމުގައި ކަންކަން ކުރައްވާނެ ގޮތާބެހޭ މަޝްވަރާތައް ކުރައްވާފައެވެ.
އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހުރިހާކަމެއް އޮމާންކޮށް ދާނެ ކަމަށް ޔަގީން ކުރައްވާކަމަށާއި އެކަމުގައި ސުވާލު ނުއުފެދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތުގައި މިހާރުގެ ރައީސް ބައިޑަންގެ ފަރާތުން ލިބިވަޑައިގަންނަވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.