ދުނިޔެ

ރަޝިޔާގެ ރޮކެޓެއްގައި އިރާނުގެ ދެ ސެޓަލައިޓް މިއަދު އުދުއްސާލަނީ

މުހައްމަދު އައުޒަމް

ރަޝިޔާގެ ރޮކެޓެއްގައި އިރާނުގެ ދެ ސެޓެލައިޓް މިއަދު އުދުއްސާލާނެ ކަމަށް ރަޝިޔާއިން ބުނެފިއެވެ.

ރަޝިޔާގައި ހުންނަ އިރާނުގެ އެމްބަސީން ނެރުނު ބަޔާނެއްގައި ވަނީ ދެ ގައުމު ދެމެދު އޮތް ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުން ދެ ގައުމުގެ ޖައްވީ ބާރުވެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ރަޝިޔާގެ ރޮކެޓުގައި މިއަދު ޖައްވަށް ފޮނުވާލުމަށް ހަމަޖެހިފައިވާ އެ ރޮކެޓުގައި އިރާނުގެ ދެ ސެޓަލައިޓު ޖައްވަށް ފޮނުވާލާއިރު އެ ދެ ސެޓެލައިޓަކީ އިރާނުގެ ޕްރައިވެޓް ސެޓަލައިޓުތަކެއް ކަމަށް އޮފިޝަލުން ބުނެއެވެ.

އިރާނުގެ ދެ ރޮކެޓު އުދުއްސާލުމަށް ހަމަޖެހިފައިވަނީ ޖީއެމްޓީ ގަޑިން 23:18 ގައި ކަމަށް އޮފިޝަލުން ބުނެއެވެ.

އިރާނުގެ އޮމިދް ފަޒާ ކުންފުނިން ޑިޒައިންކޮށް އުފައްދާފައިވާ އެ ދެސެޓަަލައިޓުގެ ބޭނުމަކީ އިރާނުގެ ދަނޑުބިންތަކާއި ތިމާވެއްޓާ ގުޅޭ ކަންކަމާއި ދިރާސާތައް ކުރުމަށް ބޭނުންވާ ސެޓެލައިޓް ފޮޓޯ ނެގުމެވެ.

ރަޝިޔާއިން މީގެ ކުރިން ވެސް ވަނީ އިރާނުގެ ސެޓަލައިޓުތަކެއް އެގައުމުގެ ރޮކެޓުތަކުގައި ޖައްވަށް ފޮނުވާލާފައެވެ.