ދުނިޔެ

ޓިކްޓޮކްގެ ފައުންޑަރަކީ ޗައިނާގައި މިހާރު ހުރި އެންމެ މުއްސަނދި މީހާ!

މުހައްމަދު އައުޒަމް

ޓިކްޓޮކްގެ ފައުންޑަރަކީ ޗައިނާގައި މިހާރު ހުރި އެންމެ މުއްސަނދި މީހާ ކަމަށް ކަނޑައަޅައިފިއެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެޕްތަކުގެ ތެރޭގައި ހިމެނޭ ޓިކްޓޮކްގެ ފައުންޑަރު އުމުރުން، 41 އަހަރުގެ ޒަންގް ޔިމިންގް އަކީ ޗައިނާގެ އެންމެ މުއްސަނދި މީހާކަމަށް ޗައިނާގެ "2024 ހުރުން ޗައިނާ ރިޗް ލިސްޓު" ގައި ވަނީ ހިމަނާފައެވެ.

ޒަންގްގެ މިލްކިއްޔާތުގައި 49.3 ބިލިއަން އެމެރިކާ ޑޮލަރު ހުރިކަމަށް އާންމުކޮށްފައިވާ ލިސްޓުގައި ފާހަގަކޮށްފައިވެއެވެ.

2024 ހުރުން ޗައިނާ ރިޗް ލިސްޓުގައި އާންމުކޮށްފައިވާ މައުލޫމާތުން ހާމަވާ ގޮތުގައި މިދިޔަ އަހަރާއި އަޅައިބަލާއިރު ޗައިނާގެ ބިލިއަނަރުންގެ އަދަދު ވަނީ 753 އިން 142 އަށް ދަށްވެފައެވެ.

ޗައިނާގައި 2021 ވަނައަހަރު 1185 ބިލިއަނަރުން ތިބިކަމަށްވެސް ރެކޯޑުތަކުން ދައްކައެވެ.