ބޮއިން އިން ޖައްވަށް ފޮނުވި ކޮމިއުނިކޭޝަން ސެޓަލައިޓު ހަލާކުވެއްޖެއެވެ.
ބޮއިން އިން ވަނީ ޖައްވުގައި މަސައްކަތް ކުރަމުން ދިޔަ އެ ސެޓަލައިޓް ހަލާކުވެފައިވާ ކަމަށާއި ސެޓަލައިޓާ އެއްވެސް ގުޅުމެއް މިހާރު ނެތް ކަމަށް ބުނެފައެވެ.
ބޮއިންގެ ސެޓަލައިޓް އޮޕަރޭޓަރު އިންޓެލްސެޓް އިން ވަނީ ސެޓަލައިޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ޔޫރަޕާއި އެފްރިކާގެ އިތުރުން އޭޝިއާ ޕެސިފިކް ގައުމުތަކުގެ ކަސްޓަމަރުންނަށް އެކަމުގެ އަސަރު ކޮށްފައިވާ ކަމަށް ބުނެފައެވެ.
އިންޓެލްސެޓް އިން ވަނީ ސެޓަލައިޓަށް ދިމާވި މައްސަލަ ބެލުމަށް ތަހުލީލެއް ފަށާފައިވާ ކަމަށް ބުނެފައެވެ. އެގޮތުން ސެޓަލައިޓް އުފެއްދި ކުންފުންޏާއި ބޮއިންގެ އިތުރުން ސަރުކާރުގެ އިދާރާތަކާ ގުޅިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ.