އުތުރު ކޮރެއާ އިން ރަޝިއާ އަށް 1،500 ސިފައިން ފޮނުވައިފިއެވެ.
ރަޝިއާ އާއި ޔޫކްރެއިން ކުރަމުން އަންނަ ހަނގުރާމައިގައި ރަޝިއާއަށް އެހީވުމަށް އުތުރު ކޮރެއާ އިން ސިފައިން ފޮނުވިކަން ހާމަކުރީ ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއަކުންނެވެ.
އެކަމާ ގުޅިގެން ދެކުނު ކޮރެއާ އިން ވަނީ މިއީ ކޮރެއަން ޕެނިއުންސިލާ ސަރަހައްދުގެ ސަލާމަތީ ކަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.
އަދި އެކަމާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޮލް ވަނީ މިދިޔަ ހުކުރު ދުވަހު އެ ގައުމުގެ ސެކިއުރިޓީ މީޓިންއެއް ބާއްވައިފައެވެ.