ދުނިޔެ

މިއީ މި އަހަރު ހަނދު އެންމެ ބޮޑުވާނެ ދުވަސް

މުހައްމަދު އައުޒަމް

1

މިއީ މި އަހަރު ހަނދު އެންމެ ބޮޑުވާނެ ދުވަސް ކަމަށް ފަލަކީ ހިސާބުތަކުން ދައްކާފައިވެއެވެ.

މިރޭގެ ހަނދު ރާއްޖެއަށް ފެންނަން ފަށާނީ 17:49 ގައެވެ. އަދި ހަނދު އޮއްސޭނީ މާދަމާ ހެނދުނު 06:23 ގައެވެ.

ނާސާގެ އެސްޓްރޯފިޒިސްޓުން ވަނީ މިރޭގެ ފުލް މޫން ނުވަތަ ސުޕަ މޫންގެ ސަބަބުން ހަނދު 90 ޕަސެންޓަށް ދުނިޔެއާއި ކައިރިވާނެ ކަމަށް ބުނެފައެވެ. މި އަހަރު ހަނދު ޖައްވުގައި ދައުރުވުމުގައި ދުނިޔެއާއި އެންމެ ކައިރިން އޯބިޓް ކުރާނީ މިރޭ ކަމަށް އެސްޓްރޯފިޒިސްޓުން ފާހަގަކޮށްފައިވެއެވެ.

''ދަ ހަންޓާސް މޫން'' ނަމުން ނަންދީފައިވާ މިރޭގެ ހަނދު 30 ޕަސެންޓް އިތުރަށް އަލިވެފައި 14 ޕަސެންޓަށް ބޮޑުވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެެ.

މިރޭގެ ސުޕާ މޫން އަށްފަހު ދެން މިވަރުގެ ސުޕާ މޫން އެއް ފެންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟