މުހައްމަދު އައުޒަމް
ގަތަރުގައި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް ލޯނު މައާފުކުރުމަށް ހާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
ގަތަރުގެ ސަރުކާރުން ވަނީ އެގައުމުގެ އަމިއްލަ ވިޔަފާރިތަކުން ކޮވިޑް ދުވަސްވަރު ނަގާފައިވާ ހުރިހާ ލޯނެއް މައާފުކުރުމަށް ނިންމައިފައެވެ. އެގޮތުން އެކަމަށް ހާއްސަ ޕްރޮގްރާމެއް ފެށުމަށް އެގައުމުގެ ސަރުކާރުން ވަނީ މަސައްކަތް ފަށައިފައެވެ.
ގަތަރުގެ ސަރުކާރުން ވަނީ ގަލްފް ސަރަހައްދުގައި އެގައުމުގެ ވިޔަފާރިތައް ކުރިއެރުވުމުގެ އަޒުމުގައި ފަށާފައިވާ އެ މަސައްކަތުގައި ލޯނު މައާފުކުރުމުގެ އިތުރުން ކުންފުނިތަކުގެ ތެރެއިން އިތުރު އެހީ ބޭނުންވާ ކުންފުނިތަކަށް އިތުރު ސަޕޯޓެއް ބޭނުން ނަމަ އެކަން ކޮށްދިނުމަށް ވެސް ވަނީ ނިންމައިފައެވެ.
ކޮވިޑްގެ ބަލިމަޑުކަމުގައި ގަތަރުން ވަނީ އެގައުމުގެ އާންމު ވިޔަފާރިތަކަށް އެހީވުމަށް ނެޝަނަލް ރެސްޕޮންސް ގެރެންޓީ ޕްރޮގްރާމްގެ ނަމުގައި ލޯނު ސްކީމެއް ތައާރަފުކޮށްފައެވެ.