މުހައްމަދު އައުޒަމް
އިސްރާއީލުން މެދުތެރޭ ގާޒާގައި ހުންނަ ސްކޫލަކަށް ހަމަލާދީ 28 މީހުން ޝަހީދުކޮށްލައިފިއެވެ.
އޮފިޝަލުން ބުނާގޮތުގައި އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ވައިގެ މަގުން ދިން އެ ހަމަލާގައި ގާޒާގެ މެދުތެރޭ އޮންނަ ދީރް އަލް ބަލާހް ގައި ހުންނަ ސްކޫލެއްގައި ތިބި ގެދޮރު ގެއްލިފައިވާ މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ.
ރެޑް ކްރެސެންޓުން ބުނީ އެ ހަމަލާގައި ޝަހީދުވީ މީހުންގެ އަދަދު 28 އަށް އަރާފައިވީ ނަމަވެސް، އަނިޔާވި މީހުންގެ ތެރޭގައި ހާލު ސީރިއަސް މީހުން ތިބުމުގެ ސަބަބުން އެ އަދަދު އިތުރުވެދާނެ ކަމަށެވެ.
އިސްރާއީލުގެ މިލިޓަރީން ވަނީ ހަމަލާ އަމާޒުކޮށްފައިވަނީ އެތަނުގައި ހިންގަމުންދިޔަ ކޮންޓްރޯލް ސެންޓަރެއްގެ އިތުރުން ކޮމާންޑް ސެންޓަރަކަށް ކަމަށް ބުނެފައެވެ. އަދި އެއީ ސްކޫލެއް ކަމަށްވުމުން އާންމުން ރައްކާތެރިކުރުމަށް މަސައްކަތް ކުރި ކަމަށްވެސް އިސްރާއީލުން ބުނެއެވެ.
އިސްރާއީލުން ސްކޫލަށް ދިން ހަމަލާގައި އިމާރާތުގެ ބައެއް ވެއްޓި އޭގެ ދަށުގައި ގިނަބަޔަކު ތާށިވެފައި ތިބޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.