ޓައިވާނުގެ ހޮސްޕިޓަލެއްގައި ރޯވެ ނުވަ މީހުން މަރުވެއްޖެއެވެ.
ޓައިވާނުގެ ދެކުނުން އޮންނަ އަވަށެއްގައި ހުންނަ ޕިންގްޓަން ކަންޓްރީ ހޮސްޕިޓަލުގައި ރޯވުމުގެ ސަބަބުން 300 އަށްވުރެ ގިނަ ބަލި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ހޮސްޕިޓަލުގައި ރޯވެފައިވަނީ ކަރަންޓު ޝޯޓޭޖެއްގެ ސަބަބުން ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް ތަހުގީގަށްފަހު އެކަން ޔަގީން ކުރާނެ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
ހޮސްޕިޓަލުގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށް ތިން ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަ ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
އަލިފާން ރޯވި ހޮސްޕިޓަލު ހިމެނޭ ސަރަހައްދުގެ މޫސުން ގޯސްވެ ގަދަޔަށް ވައިޖެހުމާ ގުޅިގެން އަލިފާން ނިއްވުމުގައި ގިނަ ދަތިތަކެއް ކުރިމަތި ވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ. އަލިފާންގަނޑު ނިއްވުމަށް އެއަވަށާ ކައިރީގައި ހުންނަ މިލިޓަރީ ބޭސްއަކުން ގިނަ އަދަދެއްގެ ސިފައިން އެހީތެރިވެދީފައިވެއެވެ.