ދުނިޔެ

އިޒްރޭލާ ދެކޮޅަށް ހަނގުރާމަ ކުރަން ސިފައިން ނުފޮނުވާނަން: އިރާން

މުހައްމަދު އައުޒަމް

ފަލަސްތީން އާއި ލުބުނާނުގައި ކުރަމުން އަންނަ ހަނގުރާމައިގައި އިސްރާއީލްއާ ދެކޮޅަށް ސިފައިން ނުފޮނުވާނެ ކަމަށް އިރާނުން ބުނެފިއެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ނަސީރް ކަނައިނީ ވިދާޅުވީ، އިރާނުން އިތުރު ސިފައިންނާއި ވޮލެންޓިއަރުން ފަލަސްތީނާއި ލުބުނާނަށް ފޮނުވުމުގެ ބޭނުމެއް ނެތް ކަމަށާއި ލުބުނާނުގެ ހަނގުރާމަވެރިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނަށް އެ މީހުންގެ ބިންތައް ރައްކާތެރިކުރުމުގެ ގާބިލުކަން ލިބިފައިވާ ކަމަށެވެ. އަދި ފަލަސްތީނާއި ލުބުނާނުންވެސް އެހީގެ ފައުޖެއް ފޮނުވުމަށް އެދިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އިރާނުން ވަނީ އިސްރާއީލުން ހަނގުރާމަ ކުރަމުންދަނީ އާމުންނާއި ދެކޮޅަށް ކަމަށާއި އެ ލޭއޮހޮރުމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ.

އިސްރާއީލުން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ލުބުނާނަށް ދޭން ފެށި ހަމަލާތަކުގައި އެ ގައުމުން މިހާތަނަށް 1000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.