ދުނިޔެ

ޖައްވުގައި ތާށިވެފައި ތިބި ދެ އެސްޓްރޮނޯޓުން ސަލާމަތް ކުރަން ސްޕޭސް އެކްސްގެ ހާއްސަ މިޝަންއެއް

މުހައްމަދު އައުޒަމް

ޖައްވުގައި ތާށިވެފައި ތިބި ނާސާގެ ދެ އެސްޓްރޮނޯޓުން ސަލާމަތް ކުރަން ސްޕޭސްއެކްސް އިން ބައިނަލްއަގުވާމީ ޖައްވީ މަރުކަޒު (އައިއެސްއެސް) އަށް ހާއްސަ ދަތުރެއް ފަށައިފިއެވެ.

ނާސާގެ ދެ އެސްޓްރޮނޯޓުން ކަމަށްވާ ސުނީތާ ވިލިއަމްސް އަދި ބެރީ ވިލްމޯ އަށް ދުވަހުގެ މިޝަނަކަށް އައިއެސްއެސް އަށް ފުރީ ޖޫން 5 ވަނަ ދުވަހުއެވެ. ނަމަވެސް ޖައްވަށް ދިޔަ އުޅަނދަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެގެން އެ މީހުން ޖައްވުގައި ތާށިވެފައި ތިބޭތާ މިހާރު ނުވަމަސް ވެއްޖެއެވެ.

މައްސަލަ ޖެހުނު އުޅަނދު ދުނިޔެއަށް އައި ނަމަވެސް ނާސާ އިން ބުނާ ގޮތުން، އެ މީހުންނަށް ދުނިޔެއަށް އެނބުރި އާދެވޭނީ 2025 ވަނަ އަހަރުއެވެ. އެ މީހުން ދުނިޔެއަށް އަންނާނީ ސްޕޭސްއެކްސްގެ އުޅަނދުގައެވެ.