ދުނިޔެ

އިންޑިއާގައި ހުންނަ އައިފޯނު އުފައްދާ ފެކްޓްރީގައި ރޯވެއްޖެ

މުހައްމަދު އައުޒަމް

އިންޑިއާގައި ހުންނަ އައިފޯނު އުފައްދާ ފެކްޓްރީގައި ރޯވެއްޖެއެވެ.

އިންޑިއާގެ ޓަމިލް ނާޑޫގައި ހުންނަ އައިފޯނު އުފައްދާ ޓާޓާ އިލެކްޓްރޯނިކްސްގެ ޕްލާންޓުގައި ރޯވެފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކަމަށް އޮފިޝަލުން ބުނެއެެވެ.

މި ހާދިސާގެ ސަަބަބުން 10 މީހަކަށް ސިއްހީ ފަރުވާ ދީފައިވާއިރު ދެ މީހެއްގެ ހާލު ސީރިއަސް ވެގެން ހޮސްޕިޓަލުގައި ފަރުވާ ދީފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އަލިފާން ރޯވެފައިވަނީ އެއް ޕްލާންޓުގައި ކަމަށް އޮފިޝަލުން ބުނެއެވެ. ނަމަވެސް އަދި މިހާތަނަށް އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދިފައި ނުވާކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.

އައިފޯނު އުފައްދާ ފެކްޓްރީގައި ރޯވެފައިވާއިރު އެ ހާދިސާ ހިނގި އިމާރާތް އެއްކޮށް ހުސްކޮށް ބަންދުކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާގައި އައިފޯނު އުފައްދާ ދެ ޕްލާންޓެއް ހުރެއެވެ. އެ ދެޕްލާންޓުވެސް އޮޕަރޭޓު ކުރަނީ ޓާޓާއިންނެވެ.