ކުއްލި ޚަބަރު

ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ދެ ބޭބެއަކު ޖިންސީ ގޯނާ ކުރާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި

މަރިޔަމް ޝަހުދާ

1

ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ދެ ބޭބެއަކު ޖިންސީ ގޯނާ ކުރާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގެ 22:40 ހާއިރުއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވެނީ އެ ކުއްޖާގެ 13 އަހަރުގެ ބޭބެ އަކާއި 16 އަހަރުގެ ބޭބެއަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުުހުން ބުނީ، ޖެންޑާ މިނިސްޓްރީގެ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަ (އެފްސީއެސްސީ) އާ ގުޅިގެން މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި ކުޑަކުދިންނަށް ކުރާ މިފަދަ އެކި އަނިޔާ ތަކަކީ ފުލުހުން ވަރަށް ސީރިއަސް ކަމާއެކު ބަލަމުން އަންނަ މައްސަލަތަކެކެވެ. އަދި މިފަދަ މައްސަލަތަކުގައި އެ ކުއްޖާ އަކީ ކާކުކަން އެނގިދާނެކަމަށްޓަކައ އެކުދިންގެ އަތޮޅާއި ރަށް ހާމަ ނުކުރާކަމަށް ފުލުހުން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން ވެސް މިހާދިސާ ވަނީ ކަށަވަރުކޮށްދީފައެވެ.

ޖެންޑާ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް މުހައްމަދު ވިދާޅުވީ މިމަހު 10 ގައި އަތޮޅުތެރެއިން ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި އެ ކުއްޖާ ރައްކާތެރި މާހައުލަކަށް ގެންދެވިފައިވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟