ހަރަދު ބޮޑުވުމުގެ ސަބަބުން ފިންލޭންޑުން ޕެންޑާތައް ޗައިނާއަށް ފޮނުވާލަން ނިންމައިފިއެވެ.
ފިންލެންޑުގެ ޒުލެއްގައި ގެންގުޅޭ ދެ ޕެންޑާ ''ލުމީ އަދި ޕީރީ'' ގެންގުޅެން ކުރާން ޖެހޭ ހަރަދު ބޮޑުވުމުގެ ސަބަބުން ޗައިނާއަށް ފޮނުވަން ނިންމާފައިވާއިރު އެ ދެޕެންޑާއަކީ 2018 ވަނަ އަހަރު ދެގައުމު ދެމެދުގައި އެއްބަސްވުމަށްފަހު 15 އަހަރުގެ މުއްދަތަކަށް ފިންލެންޑުގައި ގެންގުޅުމަށް ޗައިނާއިން ދީފައިވާ ދެ ޕެންޑާއެވެ.
ފިންލެންޑުގެ އޮފިޝަލުން ވަނީ ބާކީ 8 އަހަރު އޮތް ނަމަވެސް އެ ދެޕެންޑާ ގެންގުޅެވޭ ވަރަށްވުރެން ހަރަދު ބޮޑުވެފައިވާކަމަށް ބުނެ ދޫކޮށްލަން ނިންމާފައެވެ.
ފިންލެންޑުން ވަނީ އަހަރަކަށް 1.5 މިލިއަން ޔޫރޯ ހަމައެކަނި އެ ދެޕެންޑާ ބެލެހެއްޓުމަށް ހަރަދު ކުރަން ޖެހޭ ކަމަށް ބުނެފައެވެ. މީގެ އިތުރުން އެގައުމުގެ ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް އަޅާ ފިޔަވަޅެއްގެ ދަށުން ޕެންޑާތައް ދޫކޮށްލުން ވެސް ވަނީ ހިމަނާފައެވެ.
ޗައިނާއިން ވަނީ އެގައުމުގައި ގެންގުޅޭ ޕެންޑާތައް އެކި ގައުމުތަކަށް ފޮނުވާފައެވެ. އެއީ ޗައިނާއިން ފަށާފައިވާ ޕެންޑާ ޑިޕްލޮމެސީ ހަރަކާތުގެ ދަށުން ފޮނުވާފައިވާ ޕެންޑާތަކެކެވެ.