މިމަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓުގައި މަރާލެވިފައިވާ ސައުދީ ނޫސްވެރިޔާ، ޖަމާލް ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް ފެނިއްޖެއެވެ.
ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް ފެނިފައިވަނީ އިސްތަމްބުލްގައި ހުންނަ ސައުދީ ކޮންސުލޭޓު ޖެނެރަލްގެ ގޭގެ ބަގީޗާގައި ކޮނެފައިވާ ވަޅުގަނޑެއްގެ ތެރެއިންނެވެ.
ސްކައި ނިއުސް އިން ހާމަކުރާގޮތުން އެވަޅުގެ ތެރެއިން ޚަޝޯގީގެ މޫނު ނޭނގޭވަރަށް ކޮށާލާފައިވާ ކަމަށެވެ. އަދި އެވަޅުން ޚަޝޯގީގެ ހަށިގަނޑުގެ ހުރިހާ ބައިތަކެއް ފެނިފައިވާކަން ކަށަވަރު ނުވާކަންވެސް ސްކައި ނިއުސްއިން ހާމަކުރިއެވެ.
ޚަޝޯގީގެ ހަށިގަނޑުގެ ބައިތައް ފެންނަން ފަށާފައިވާ އިރު ޤާނުނު ހަދާ މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ތުރުކީގެ ރައީސް އުރުދުޣާން ވަނީ ސައުދީން މިކަމުގެ ޒިންމާ ނަގަން ޖެހޭނެކަން ހާމަކޮށް ވީހާވެސް އަވަހަށް ޚަޝޯގީގެ ހަށިގަނޑު ފޮރުވިތަނެއް ބުނެދިނުމަށް އެދިފައެވެ.
ސައޫދީން ޚަޝޯގީގެ މަރުގެ ހަގީގަތް ހާމަކުރަން ފެށީ ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފިއްތުންތަކަށް ފަހުއެވެ. ހާއްސަކޮށް އެމެރިކާއިން ދިޔައީ މިކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައި ދިނުމަށް ސައޫދީއަށް ޕްރެޝަރު ކުރަމުންނެވެ.
ތުރުކީގައި ހުންނަ ތުރުކީގެ ކޮންސިއުލޭޓަށް މިމަހުގެ ދެވަނަ ދުވަހު ޚަޝޯގީ ދިޔައީ އޭނާގެ ލޯބިވެރިޔާއާ އެކުގައެވެ. އޭނާގެ ލޯބިވެރިޔާ ބުނެފައި ވަނީ އެ އިމާރާތައް ޚަޝޯގީ ވަތް ފަހުން، ނުނުކުންނަ ކަމަށެވެ.