އިރާނުގެ ކޯލް މައިނެއް ގޮވައި 51 މީހަކު މަރުވެއްޖެއެވެ.
އިރާނުގެ އިރުމަތީގައި އޮޕަރޭޓްކުރާ އެ ކޯލް މައިން ގޮވާފައިވަނީ އެ މައިނުން ގޭސް ލީކުވެގެން ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
އިރާނުގެ ހޯރަސަން ޕްރޮވިންސުގައި ހިނގި މި ހާދިސާގައި 20 މީހަކަށް އަނިޔާވެފައިވާއިރު އޭގެ ތެރެއިން ގިނަ ބައެއްގެ ހާލު ސީރިއަސް ކަމަށް އޮފިޝަލުން ބުނެއެވެ.
އާދިއްތަ ދުވަހު ހިނގި އމި ހާދިސާގައި 51 މީހުން މަރުވެފައިވާއިރު މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުގައި ހުރި މައިން ހިމެނޭ އެހެން ސަރަހައްދަކަށްވެސް ގޭހުގެ އަސަރުކޮށް އެ ހިސާބަށް ގޮވުމުގެ ލޮޅުންގަނޑު އަރާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ގޮވި ވަގުތު ޖުމުލަ 69 މީހުން މަސައްކަތް ކުރަމުން ދިޔަކަމަށާއި މައިންގައި ތާށިވެފައިވާ މީހުންގެ އަދަދު ކަށަވަރުވެފައި ނުވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އެ ޕްރޮވިންސުގެ ސަރުކާރުން ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި އެކަމުގައި ގަވާއިދާ ހިލާފުވި މީހުނަށް ހަރުކަށި އަދަބު ދޭނެ ކަމަށްވެސް އޮފިޝަލުން ބުނެފައިވެއެވެ.