މުހައްމަދު އައުޒަމް
ޖާސޫސުކުރާ ކަމަށް ބުނެ ޔޫކްރެއިންގައި ޓެލެގްރާމް ބޭނުންކުރުން މަނާކޮށްފިއެވެ.
ޔޫކްރެއިންގެ ނެޝަނަލް ސެކިއުރިޓީ އެންޑް ޑިފެންސް ކައުންސިލުން އެގޮތަށް ނިންމީ ޓެލެގްރާމަކީ ރަޝިޔާ އިން ޖާސޫސުކުރުމަށް ބޭނުންކުރާ އާލާތެއް ކަމަށް ތުހުމަތުކޮށެވެ.
އެގޮތުން ޓެލެގްރާމް ބޭނުންކުރުން މަނާކުރީ ޔޫކްރެއިން ސަރުކާރު އޮފިޝަލުންނަށެވެ. އެގޮތުން ސަރުކާރުގެ އޮފިޝަލުންނާއި އަސްކަރީ އަދި ހާއްސަ މަސައްކަތްތަކުގައި އުޅޭ މީހުން އެ އެޕް ބޭނުންކުރުން މިހާރު މަނައެވެ.
ޓެލެގުރާމަކީ ޔޫކްރެއިންގެ އިތުރުން ރަޝިއާގައިވެސް އެންމެ ގިނަ މީހުން މެސެޖުކުރުމަށް ބޭނުންކުރާ އެޕް ކަމަށް ރިޕޯޓުތައް ބުނެއެވެ.