އިޒްރޭލުން ފަލަސްތީނުގެ ގާޒާގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 22 މީހުން މަރުވެއްޖެއެވެ.
ގާޒާގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، އިޒްރޭލުގެ އަސްކަރީ ސިފައިން ވައިގެމަގުން އިއްޔެ އަލް ފަލާހް ސްކޫލަށް ހަމަލާ ދިން އިރު، އެ ސްކޫލުގައި ގިނައިން ތިބީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ. އެ ހަމަލާގައި ގިނަ އަދަދެއްގެ ބަޔަކަށް ވަނީ އަނިޔާވެސްވެފައެވެ.
ނަމަވެސް އެ ހަމަލާއާ ގުޅިގެން އިޒްރޭލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނީ އެއީ އެ ސްކޫލުގައި އޮޕަރޭޓްކުރާ ހަމާސްގެ ކޮމާންޑު ސެންޓަރަކަށް ދިން ހަމަލާއެއް ކަމަށް ބުނެފައެވެ.
އިޒްރޭލުން ގާޒާގައި ހިންގަމުންގެންދާ ހަމަލާތަކާ ގުޅިގެން އަލް ފަލާހް ސްކޫލު ބަންދުކުރި ނަމަވެސް ގެދޮރުހަލާކުވުމުގެ ސަބަބުން މަގުމަތިވި އެތައް ބަޔަކު ދިޔައީ އެ ސްކޫލުގައި ބޯހިޔާވަހިކަން ހޯދަމުންނެވެ.