ސަޓާ

ސަޓާ އެވޯޑުގެ އޮންލައިން ވޯޓިންއަށް ހުޅުވާލައިފި

ދެކުނު އޭޝިއާ ސަރަހައްދުގައި ދެމުން އަންނަ، ފަތުރުވެރިކަމުގެ އެންމެ ޝަރަފްވެރި އެއް އެވޯޑް ކަމަށްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ)އަށް އޮންލައިންކޮށް ވޯޓުދޭން ހުޅުވާލައިފިއެވެ.

އެ އެވޯޑަކީ އޭޝިއާ ސަރަހައްދުގެ ރިސޯޓްތަކާއި ގެސްޓް ހައުސްގެ އިތުރުން ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެވޯޑެކެވެ.

ސަޓާ އެވޯޑްސް 2019 އަށް ވޯޓުލުމަށް އާންމުންނަށް ހުޅުވާލާފައިވަނީ އަންނަ ޖުލައި މަހުގެ 10ގެ ނިޔަލަށެވެ. ސަޓާގެ ވެބްސައިޓް މެދުވެރިކޮށް ވޯޓުލެވޭނެ ކަމަށް އެ އެވޯޑު އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

އެ އެވޯޑުގައި މިފަހަރު 500 އަށްވުރެ ގިނަ ޓްރެވަލް އެންޑް ޓުއަރިޒަމް ވިޔަފާރި އޮޕަރޭޓަރުން ވަނީ ނޮމިނޭޓްވެފައެވެ. އެ އެވޯޑުގެ ގާލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ދުނިޔޭގެ ބޮޑެތި ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ އެ އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

ވޯޓިން ޕޭޖު: www.southasiantravelawards.com/vote