މިއަހަރު ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2024ގެ ޕާޓްނަރުން ކަނޑައަޅައިފިއެވެ.
ސަޓާ އެވޯޑަކީ ސައުތު އޭޝިއާގެ އެންމެ ބޮޑު ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ އެވޯޑެވެ. މިއަހަރުގެ ސަޓާ އެވޯޑަށް ނަން ހުށަހެޅުމަށް ހުޅުވާލައިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 13 އިން އޭޕްރީލް މަހުގެ ދިހަ ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ މި އެވޯޑް ބާއްވާ 8 ވަނަ އަހަރެވެ.
ސަޓާ އެވޯޑްސްއަކީ ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ގައުމުތައް ހިމެނޭ ގޮތަށް 17 ފަރާތަކުން އެންޑޯޒްކޮށްފައިވާ އެވޯޑެކެވެ. އޭގެ ތެރޭގައި ރާއްޖޭގެ މަޓާޓޯ އާއި އެމްއެމްޕީއާރްސީ އާއި އެންބީއޭއެމް ހިމެނެއެވެ.
ސަޓާއިން މި އަހަރު ވަނީ އިތުރު ދެ އެވޯޑެއް ތައާރަފުކޮށްފައެވެ. އެއީ، ވިޒިޓާސް ޗޮއިސް އެވޯޑްސް އަދި ސްޕެޝަލް ރިކޮގްނިޝަން އެވޯޑްސްއެވެ.
ސަޓާ އެވޯޑްސްގެ މިއަހަރުގެ ޕްލެޓިނިއަމް ޕާޓްނަރަކީ ގަލްފް ކްރާފްޓެވެ. އަދި ގޯލްޑް ޕާޓްނަރުންނަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި ހޮޓެލްސް އެންޑް ރިސޯޓްސް އިންވެސްޓްމަންޓް މޯލްޑިވްސްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ ލިމިޓެޑް (އެމްއޭސީއެލް) އެވެ.
އިންޝުއަރެންސް ޕާޓްނަރަކީ އެލައިޑް އިންޝުއަރެންސްއެވެ. ހޮސްޕިޓާލިޓީ ޕާޓްނަރަކީ މެންހަޓަން ބިޒްނަސް ހޮޓަލެވެ.
މި އަހަރުގެ ސަޓާ އެވޯޑުގެ އެންޑޯސްމަންޓު ޕާޓްނަރަކީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އެވެ.
ސަޓާ އެވޯޑް ލިބޭ ފަރާތްތައް ހޮވަނީ އިންޑަސްޓްރީގެ ތަޖުރިބާކާރުންނެވެ. އެވޯޑް ދޭ ކެޓަގަރީތަކުގެ ތެރޭގައި ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން، އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ހިމެނެއެވެ.