ދުނިޔެ

ޕްރައިވެޓް ދަތުރެއްގައި ޖައްވަށްދިޔަ ސްޕޭސް އެކްސްގެ ފަޅުވެރީން އެނބުރި ދުނިޔެއަށް އަތުވެއްޖެ

މުހައްމަދު އައުޒަމް

ޕްރައިވެޓް ދަތުރެއްގައި ޖައްވަށްދިޔަ ސްޕޭސް އެކްސްގެ ފަޅުވެރީން އެނބުރި ދުނިޔެއަށް އަތުވެއްޖެއެވެ.

މިއީ އިންސާނުން ޖައްވަށް ދަތުރުކުރުމަށް ސްޕޭސް އެކްސް އިން ކުރުމަށް ހަމަޖެހިފައިވާ ދަތުރުތަކުގެ ތެރެއިން ފުރަތަމަ ދަތުރެވެ. ޕްރައިވެޓް ސެކްޓަރަށް ހާއްސަކޮށްގެން ފެށި ދަތުރުތަކުގެ ތެރެއިން މިއީ ފުރަތަމަ ދަތުރެވެ. މި ދަތުރުގައި ބިލިއަނަރު ޖަރެޑް އިސާކްމަން އަދި އޭނާގެ އިންޖިނިއަރު ސާރާ ގިލިސް ވަނީ ޖައްވަށް ދަތުރުކޮށްފައެވެ.

ބިލިއަނަރު ޖަރެޑް އިސާކްމަން އަދި އޭނާގެ އިންޖިނިއަރު ސާރާ ގިލިސްގެ އިތުރުން ސްޕޭސް އެކްސްގެ އިތުރު ދެ ފަޅުވެރީން ކުރި މި ދަތުރުގައި ފުރަތަމަ ފަހަރަަށް ޕްރައިވެޓް ދަތުރެއްގައި އިންސާނުން ވަނީ ޖައްވުގައި ހިނގާފައެވެ.

މިދިޔަ ހުކުރު ދުވަހު ބިލިއަނަރު ޖަރެޑް އިސާކްމަން އަދި އޭނާގެ އިންޖިނިއަރު ސާރާ ގިލިސް ވަނީ އެމީހުން ދަތުރުކުރި އުޅަނދުން ބޭރަށް ނިކުމެ ޖައްވުގެ ތެރޭގައި 15 މިނެޓު ހޭދަ ކޮށްފައެވެ.

ސްޕޭސް އެކްސްގެ ފުރަތަމަ ޕްރައިވެޓް ދަތުރަށްފަހު ބައިވެރިން އެނބުރި ދުނިޔެއަށް އައިސް ތިރިކޮށްފައިވަނީ ފްލޮރިޑާގެ އައްސޭރިފަށަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.