ދުނިޔެ

ޗައިނާއިން ހާއްސަ މިޝަނެއްގައި 2028 ވަނަ އަހަރު މާސްއަށް

މުހައްމަދު އައުޒަމް

ޗައިނާއިން ހާއްސަ މިޝަނެއްގައި 2028 ވަނަ އަހަރު މާސްއަށް ދަތުރުކުރުމަށް ތައްޔާރުވެއްޖެއެވެ.

ވައިނާއިން މާސް އަށް ކުރުމަށް ހަމަޖެހިފައިވާ މި ދަތުރުގައި މިޝަން ''ޓިއަންވެން-3'' ދެ ރޮކެޓެއް 2028 ވަނަ އަހަރު މާސް އަށް ފޮނުވާލުމަށް ވަނީ ރާވާފައެވެ.

ޗައިނާއިން މާސް އަށް ކުރާ މި ދަތުރުގައި މާސްއިން ސާމްޕަލް އެއްކޮށް އަނބުރާ ދުނިޔެއަށް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.

މިޝަން ''ޓިއަންވެން-3'' ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު އެނބުރި ދުނިޔެއަށް އައުމަށް ރާވާފައިވަނީ 2030 ވަނަ އަހަރު ކަމަށް އޮފިޝަލުން ބުނެއެވެ.

ދުނިޔޭގެ އެއްވެސް ގައުމަކުން އަދި މިހާތަނަށް މާސް އަށް މިޝަނެއް ލޯންޗުކޮށް ސާމްޕަލް ދުނިޔެއަށް ގެނެސްފައެއް ނުވެއެވެ. ޗައިނާގެ މި މިޝަނަކީ އެގައުމުގެ ރައީސް ޝީ ޖިން ޕިންގެ ޒައާމަތުގައި އެ ގައުމު ޖައްވީ ބޮޑު ބާރަކަށް ވުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް ކުރިޔަށް ގެންދެވޭނެ ބޮޑު މިޝަނެކެވެ.