ދުނިޔެ

އެސްޓްރަނައުޓުންނާ ނުލައި ބޮއިންގެ ސްޓާލައިނާ އެނބުރި ދުނިޔެއަށް އަތުވެއްޖެ

މުހައްމަދު އައުޒަމް

ބޮއިންގެ ސްޓާލައިނާ، އެސްޓްރަނައުޓުންނާ ނުލައި އެނބުރި ދުނިޔެއަށް އަތުވެއްޖެއެވެ.

ނަސާއިން ވަނީ ބޮއިން ސްޓާލައިނާގެ ސްޕޭސް ކްރާފްޓެއްގައި ބައިނަލްއަގުވާމީ ސްޕޭސް ސްޓޭޝަން އަށް ދަތުރުކުރި އެސްޓްރަނައުޓުން ކަމަށްވާ ސުނިޔާ ވިލިއަމްސް އާއި ވެރީ ވިލްމޯގެ މިޝަން އަށްފަހު އެމީހުން އެނބުރި ދުނިޔެއަށް އައުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ، އެ ދެ އެސްޓްރަނައުޓުން އިންޓަނޭޝަނަލް ސްޕޭސް ސެންޓަރުގައި ތާށިވެފައިވާ ކަމަށް ބުނެފައެވެ.

އަށް ދުވަހުގެ މިޝަން އަކަށް އެއެސްޓްރަނައުޓުން އައިއެސްއެސް އަށް ދަތުރުކޮށްފައި ވަނީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ނަމަވެސް އެ އެސްޓްރަނައުޓުން ދަތުރުކުރި އުޅަނދުން ހީލިއަމް ގޭސް ލީކުވެ އުޅަނދުގެ ކޮންޓްރޯލްގައި މައްސަލަ ޖެހުމުން ވަނީ އެނބުރި ދުނިޔެއަށް އައުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައެވެ.

ނާސާ އާއި ބޮއިން ގުޅިގެން ކުރިޔަށް ގެންދިޔަ ގިނަ މަސައްކަތްތަކަށްފަހު އެންމެފަހުން ވަނީ ސްޓާލައިނާ އެސްޓްރަނައުޓުން ނުލައި ދުނިޔެއަށް ގެނެސްފައެވެ.

ނާސާއިން ވަނީ އެސްޓްރަނައުޓުން އެނބުރި ދުނިޔެއަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް ބުނެފައެވެ.