ދުނިޔެ

ކުރިއަށް އޮތް 24 ގަޑިއިރުތެރޭ އޮސްޓްރޭލިއާއަށް މޫސުމީ ކާރިސާއެއް ކުރިމަތިވަނީ

މުހައްމަދު އައުޒަމް

ކުރިއަށްއޮތް 24 ގަޑިއިރުތެރޭ އޮސްޓްރޭލިއާއަށް މޫސުމީގޮތުން ބޮޑު ކާރިސާއެއް ކުރިމަތި ވެދާނެ ކަމުގެ އިންޒާރު ދީފިއެވެ.

އޮސްޓްރޭލިއާގެ އިރުމައްޗާއި ދެކުނަށް މޫސުމީ ގޮތުން ތަފާތު ދެކަމެއް ކުރިމަތިވާނެ ކަމަށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނަމުންދެއެވެ. އޮސްޓްރޭލިއާގެ އެއްބަޔަށް އާދަޔާ ހިލާފަށް ހޫނު ގަދަވާނެކަމަށް ބެލެވޭއިރު އަނެއްބައިގެ ފިނިހޫނުމިން ދަށްވާނެ ކަމަށް ވަނީ ބެލެވިފައެވެ.

ދެކުނު އޮސްޓްރޭލިއާގެ ސަރަހައްދުގެ ހޫނުމިން 40 ޑިގްރީ ސެލްސިއަސް މައްޗަށް ދާނެކަމަށް ބެލެވޭއިރު އުތުރު އޮސްޓްރޭލިއާ ފިނިވެގެން ގޮސް މައިނަސްއަށް ތިރިވާނެއެވެ. ޓަސްމޭނިއާ ސަރަހައްދުން އަންނަ ފިނިވައިގެ ސަބަބުން އުތުރު އޮސްޓްރޭލިއާ ސަރަހައްދަށް ސްނޯ ފޭބުމުގެ ފުރުސަތުވެސް އޮތްކަމަށް ބެލެވެއެވެ.

އޮސްޓްރޭލިއާއަކީ މޫސުމީގޮތުން ބަލާއިރު އޮސްޓްރޭލިއާ އޮންނަ ސަރަހައްދުގެ ގޮތުން އާދަޔާ ހިލާފު ބަދަލުތަކެއް އަންނަ ގައުމެކެވެ. 2002 ވަނަ އަހަރު އެގައުމުގެ ބައެއް ސަރަހައްދުތަކުގެ ހޫނުމިން 46.9 ޑިގްރީ ސެލްސިއަސްއަށް މަތިވެގެން ދިޔައެވެ. އަދި 2006 ވަނަ އަހަރުވަނީ 12- ޑިގްރީ ސެލްސިއަސްއަށް ފިނިމިން ރެކޯޑް ކުރެވިފައެވެ.