ގުރުއަތުން ހޮވޭ ފަރާތަކަށް 10 ކިލޯގެ ލުއިފުޅި ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށައިފިއެވެ.
މިއަދު ފެށި މިޕްރޮމޯޝަން ކުރިއަށް ދާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. މޯލްޑިވް ގޭހުން ބުނިގޮތުގައި މިއަދުން ފެށިގެން ދެ ކިލޯގެ ބެކަޕް ސިލިންޑަރު ގަންނަ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ކޮންމެ ހަފްތާއަކު ހިލޭ 10، ކިލޯގެ ލުއިފުޅިއެއް ގޭހާއެކު ލިބޭނެއެވެ.
އެ ކުންފުނިން ބުނީ ރަމަޟާން މަހަށް ހާއްސަކޮށްގެން ފެށި މި ޕްރޮމޯޝަނަކީ، ކުއްލިއަކަށް ގޭސް ހުސްވެގެން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ފަސޭހަ ހައްލެއް ހޯދައިދިނުމަށް ފެށި ޕްރޮމޯޝަނެއް ކަމަށެވެ.