އިރާގުގައި ބޯހިމެނުން ކުރިޔަށް ގެންދިއުމަށް ކާފިއު އިއުލާނުކުރަން ނިންމައިފިއެވެ.
27 އަހަރަށް ފަހު އިރާގުގައި ބޯހިމެނުން ކުރިޔަށް ގެންދިއުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާއިރު އެ ހަރަކާތް ކުރިޔަށް ދާނީ އަންނަ ނޮވެމްބަރު މަހުގައި ކަމަށް އޮފިޝަލުން ބުނެއެވެ.
އިރާގު ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި، ބޯހިމެނުން ކުރިޔަށް ދާނީ ނޮވެމްބަރުގެ 20 އަދި 21 ވަނަ ދުވަހު އެވެ. ކާފިއު އިއުލާނުކުރާނީ އެ ދެދުވަހުއެވެ.
އިރާގުގައި 2010 ވަނަ އަހަރުން ފެށިގެން ކުރަމުން އަންނަ ހަނގުރާމައާއި އެ ގައުމުގެ އެތެރޭގެ ދާޚިލީ މައްސަލަތަކުގެ ސަބަބުން ބޯހިމެނުން ކުރިޔަށް ނުގެންދެވި މިހާރު 27 އަހަރު ވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އެންމެ ފަހުން އިރާގުގައި ބޯހިމަނާފައިވަނީ 1997 ވަނަ އަހަރުއެވެ. އެ އަހަރު އެ ގައުމުގެ ތިން ޕްރޮވިންސެއް ފިޔަވައި ހުރިހާ ޕްރޮވިންސެއްގައި ބޯހިމެނުން ވަނީ ކުރިޔަށް ގެންގޮސްފައެވެ.
އިރާގު ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އެ ގައުމުގައި 43 މިލިއަން މީހުން ދިރިއުޅެއެވެ.