ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ގާޒާގައި ފަށައިފިއެވެ.
އދ އާއި ފަލަސްތީނުގެ ސިއްހީ އިދާރާތައް ގުޅިގެން ފަށާފައިވާ އެ ޕްރޮގްރާމުގައި ގާޒާއިން 640،000 ކުޑަކުދީންނަށް ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދުނިޔޭގެ ސިއްހަތާބެހޭ އިދާރާ (ޑަބްލިއުއެޗްއޯ) އިން ވަނީ 25 އަހަރަށް ފަހު ގާޒާއިން ޕޯލިއޯ ފެންނަން ފަށާފައިވާކަމަށާއި މިދިޔަ މަހު ދެ އަހަރުގެ ކުއްޖެއްގެ ހަށިގަނޑުންވެސް ވައިރަސް ފެނިފައިވާކަމަށް ބުނެފައެވެ.
އިސްރާއީލުން ގާޒާގައި ހަމާސް ނައްތާލުމަށްކަމަށް ބުނެ ހިންގަމުން ގެންދާ ހަނގުރާމާއިގެ ސަބަބުން ގާޒާގެ އާންމުންނަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
ގާޒާގައި ޕޯލިއޯ ވެކްސިން ދިނުމަށް ކުރިޔަށް ގެންދާ ހަރަކާތަށް ހަނގުރާމަ މެދުކަނޑާލާނެ ކަމަށް އިސްރާއިލުން ވަނީ ޔަގީން ކޮށްދީފައެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ ވެކްސިން ދިނުމުގެ ފުރަތަމަ މަރުހަލާ ދެ ހަފުތާއަށް ދެމިގެން ދާނެކަމަށް ބުނެފައެވެ.