ލީބިޔާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ގައުމު ދޫކޮށް ފިލައިފިއެވެ.
ލީބިއާގެ ނޫސްތަކުން ވަނީ އެގައުމުގެ ގަވަރުނަރުގެ އިތުރުން އެބޭންކުގެ އިސް މުވައްޒަފުންތަކެއް ގައުމު ދޫކޮށް ފިލާފައިވަނީ އެގައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތަކުން އިންޒާރު ދޭން ފެށުމުން ކަމަށް ރިޕޯޓުކޮށްފައެވެ.
ލީބިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތަކުން ވަނީ ގަވަރުނަރާއި އިސް މުވައްޒަފުން މަސައްކަތަށް ނިކުންނަަނަމަ އެމީހުންގެ އާއިލާތަކަށް ނުރައްކާވާނެ ކަމަށް ބުނެ ބިރުދައްކައިފައެވެ.
ލީބިޔާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރް ގައްޒާފީގެ ވެރިކަމުގެ ފަހުން ލީބިއާ ދެކަފިވެ ދެ ސަރުކާރެއްގެ ދަށުން ގައުމު ހިންގަމުންދާ އިރު އެގައުމުން ބޭރުކުރާ ހުރިހާ ތެލެއްގެ އެތައް ބިލިއަން ޑޮލަރެއް ކޮންޓްރޯލް ކުރަނީ މަރުކަޒީ ބޭންކުންނެވެ.
މަރުކަޒީ ބޭންކުގެ ކޮންޓްރޯލް ހޯދުމަށް ލީބިއާގެ ދެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ގިނަ ހަމަނުޖެހުންތަކެއް ދަނީ ހިނގަމުންނެވެ.