ދުނިޔެ

އަށް ދުވަހުގެ މިޝަންއަކަށް ދިޔަ ދެ އެސްޓްރަނައުޓުން އެނބުރި ދުނިޔެއަށް އަންނާނީ އަންނަ އަހަރު

މުހައްމަދު އައުޒަމް

ޖައްވުގައި ތާށިވެފައިވާ ނާސާގެ ދެ އެސްޓްރަނައުޓުން އެނބުރި ދުނިޔެއަށް އަންނާނީ އަންނަ އަހަރު ކަމަށް ނާސާ އިން ބުނެފިއެވެ.

ނަސާއިން ވަނީ ބޮއިންގް ސްޓާލައިނާގެ ސްޕޭސް ކްރާފްޓެއްގައި ބައިނަލްއަގުވާމީ ސްޕޭސް ސްޓޭޝަން އަށް ދަތުރުކުރި އެސްޓްރަނައުޓުން ކަމަށްވާ ސުނިޔާ ވިލިއަމްސް އާއި ވެރީ ވިލްމޯ އެނބުރި ދުނިޔެއަށް ގެނައުމަށް ހަމަޖެހިފައިވާ އެމީހުން ދަތުރުކުރި ސްޕޭސްކްރާފްޓްގައި މައްސަލަތަކެއް ދިމާވެ އެ އުޅަނދުގައި އެމީހުން ގެނައުން ރައްކާތެރިކަމަށް ނުފެންނަ ކަމަށް ބުނެފައެވެ.

ނާސާއިން ވަނީ އެސްޓްރަނައުޓުން އެނބުރި ދުނިޔެއަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ކަމަށް ބުނެފައެވެ.

އެސްޓްރަނައުޓުން ދަތުރުކުރި ބޮއިންގް ސްޓާލައިނާގެ ސްޕޭސް ކްރާފްޓް ވެސް ކުރިޔަށް އޮތް ދުވަސްތަކުގައި އެނބުރި ދުނިޔެއަށް ގެންނާނެ ކަމަށްވެސް ނާސާއިން ބުނެއެވެ.

އަށް ދުވަހުގެ މިޝަން އަކަށް އެއެސްޓްރަނައުޓުން އައިއެސްއެސް އަށް ދަތުރުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ ފަސް ވަނަ ދުވަހުއެވެ. ނަމަވެސް އެ އެސްޓްރަނައުޓުން ދަތުރުކުރި އުޅަނދުން ހީލިއަމް ގޭސް ލީކުވެ އުޅަނދުގެ ކޮންޓްރޯލްގައި މައްސަލަ ޖެހުމުން ވަނީ އެނބުރި ދުނިޔެއަށް އައުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައެވެ.