އިރާނުގައި ހިނގި ބަސް އެކްސިޑެންޓެއްގައި 28 މީހަކު މަރުވެއްޖެއެވެ.
އިރާނުގެ މެދުތެރޭ ޔަޒްދު ޕްރޮވިންސުން ދަތުރުކުރި އެ ބަސް އެކްސިޑެންޓު ވެފައިވަނީ އޭގެ ބުރެކި ސިސްޓަމް ފެއިލިވެގެން ކަމަށް އޮފިޝަލުން ބުނެއެވެ.
އަންގާރަ ދުވަހުގެ ރޭ ހިނގި އެ ހާދިސާގައި ބަހުން ދަތުރުކޮށްފައިވަނީ ޕާކިސްތާނުން އިރާނުގެ ކަރްބަލާއަށް ޝީއީންގެ އަޅުކަމެއްގައި ބައިވެރިވުމަށް ދަތުރުކުރި ޕާކިސްތާނަށް ނިސްބަތް ވާ މީހުން ކަމަށްވެސް އޮފިޝަލުން ބުނެއެވެ.
މި ހާދިސާގައި 23 މީހަކަށް އަނިޔާވެފައިވާއިރު އޭގެތެރެއިން 14 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ބަހުން ދަތުރުކުރި މީހުންގެ އަދަދު ޔަގީން ނުވާއިރު 50 މީހުން ދަތުރުކުރިކަމަށް ތަހުގީގުން ހާމަވެފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ.