ދުނިޔެ

ޔޫކްރޭނަށް އެހީގެ ގޮތުގައި 51 ޑޮލަރު ދިން މީހަކު 12 އަހަރަށް ޖަލަށްލައިފި

މުހައްމަދު އައުޒަމް

ޔޫކްރޭނަށް އެހީގެ ގޮތުގައި 51 ޑޮލަރު ދިން މީހަކު 12 އަހަރަށް ޖަލަށްލައިފިއެވެ.

ރަޝިޔާގެ ކޯޓަކުން ކުރި ހުމުގައި ވަނީ އެ ގައުމަށް ނިސްބަތްވާ އެމެރިކާގެ ކެސީނިއާ ކަރެލީނާ ނަމަކަށް ކިޔާ އެމީހާ ކުރީ ބޮޑު ކުށެއް ކަމަށް ނިންމައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ދެހާސް އެކާވީސް ވަނަ އަހަރު އެމެރިކާގެ ރައްވެހިކަން ލިބުމުން ލޮސްއެންޖެލެސް ގައި ދިރިއުޅެމުން އަންނަ ކެލޮރީނާ ވަނީ ދާދިފަހުން ރަޝިޔާގެ ޔެކްތެރިންބާގައި ދިރިއުޅޭ އޭނާގެ އާއިލާއާ ބައްދަލުކުރަން އެ ގައުމަށް ދަތުރުކޮށްފައެވެ.

ކެލޮރީނާ ހައްޔަރުކޮށްފައި ވަނީ ޔެކްތެރިންބާގައި އަށް ކުރި ދަރުތުރުގައި ކަމަށް އޮފިޝަލުން ބުނެއެވެ.

ޔޫކްރޭނަށް ހަތިޔާރު ފޯރުކޮށްދޭ ޔޫކެރޭނަށް ނިސްބަތްވާ ކުންފުންނަކަށް ކެލޮރީނާ އެހީވިކަން ސާބިތުވެފައި ކަމަށް ކޯޓުން ކުރި ހުކުމުގައި ވެއެވެ.

ކެލޮރީނާ ޔޫކްރޭނަށް އެހީވުމަށް ބޭންކު މެދުވެރިކޮށް ފައިސާ ޓްރާންސްފާ ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ފެބްރުއަރީގައި ކަމަށާއި އޭނާގެ ފޯނުން އެކަމުގެ ހެކި ފެނިފައިވާ ކަމަށްވެސް އޮފިޝަލުން ބުނެއެވެ.