ދުނިޔެ

ނަޒާހަތްތެރިކަން ގެއްލިފައިވާ މީހަކު ކެބިނެޓަށް އައްޔަންކުރުމުން، ތައިލެންޑުގެ ބޮޑުވަޒީރު މަގާމުން ދުރުކޮށްފި

މުހައްމަދު އައުޒަމް

ގާނޫނު އަސާސީއާއި ހިލާފުވުވެއްޖެ ކަމަށް ނިންމައި، ތައިލެންޑުގެ ބޮޑުވަޒީރު، ސްރެތާ ތަވިސިން މަގާމުން ދުރުކޮށްފިއެވެ.

ބޮޑުވަޒީރު ތަވިސިން މަގާމުން ވަކިކުރުމުގެ ހައިރާން ކުރުވަނިވި މި ހުކުމް އައިސްފައިވަނީ، ޖަލު ހުކުމެއް އޮތް ގާނޫނީ ވަކީލަކު ކެބިނެޓަށް އައްޔަންކުރި މައްސަލައެއްގައެވެ.

ބެންކޮކުގެ ކޯޓުގެ ނުވަ ފަނޑިޔާރުންގެ ތެރެއިން، ފަސް ފަނޑިޔާރަކު ސްރެތާ އާއި އޭނާގެ ކެބިނެޓު މަގާމުން ދުރުކުރުމަށް ވޯޓު ދީފައިވެއެވެ. މި ނިންމުމުގައިވާގޮތުން، ޖަލު ހުކުމެއް އޮތް، ނަޒާހަތްތެރިކަން ގެއްލިފައިވާ މީހަކު ކެބިނެޓަށް އައްޔަންކުރައްވާފައި ވަނީ ބޮޑުވަޒީރު ސްރެތާ އެނގިވަޑައިގެން ހުންނަވައެވެ. ކެބިނެޓަށް އައްޔަންކުރެއްވި ޕިޗިޓް ޗުއެންބަން އަކީ ސީރިއަސް ކުށްތަކެއް ސާބިތުވެފައިވާ ބޭފުޅެއް ކަމަށްވެސް މި މައްސަލައިގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވެއެވެ.

ބޮޑު ވަޒީރު ސްރެތާ އަދާކުރައްވަމުން ގެންދަވަނީ ދައުރުގެ ފުރަތަމަ އަހަރެވެ.

އާ ސަރުކާރެއް އެކުލަވައިލުމަށް، 500 މެންބަރުން ހިމެނިވަޑައިގަންނަވާ ތައިލެންޑުގެ ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުވާނެއެވެ.

މަގާމުން ވަކިކުރުމަށްފަހު، މީޑިއާ ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ސްރެތާ ވިދާޅުވީ މަގާމުގެ މަސްއޫލިއްޔަތު ވެވަޑައިގެންނެވި އެންމެ ރަނގަޅަށް އަދާކުރެއްވި ކަމަށާއި ކޯޓުގެ ހުކުމަށް އިހުތިރާމު ކުރައްވާ ކަމަށެވެ.