މުހައްމަދު އައުޒަމް
ވުމެން އިން މެނޭޖްމަންޓް (ވިމް) ގެ ރާއްޖޭގެ ގޮފި، ވުމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ)އިން ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން އިންތިޒާމުކުރާ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2019"އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިއަހަރުގެ ޖުލައި 13ގައި ބޭއްވުމަށް ހަމަޖައްސައިފައިވާ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އިތުރުކޮށްފައިވަނީ މިމަހުގެ 30ވަނަ ދުވަހާ ހަމައަށެވެ.
"ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް" އަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުންނާއި ގައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ އެވޯޑެކެވެ. މިއީ ވިމް އިން މި އެވޯޑް ބާއްވާ ދެވަނަ އަހަރެވެ.
ކެރިއަރ އެވޯޑް ކެޓަގަރީތައް:
- ހިއުމަން ރިސޯސަސް
- ބޭންކިންގ އެންޑް ފައިނޭންސް
- މާކެޓިންގ އެންޑް އެޑްވަޓައިސިންގ
- ލީގަލް
- ސްޓޭޓް އެންޑް ގަވަރމަންޓް
- ޓްރެވަލް އެންޑް ޓުއަރިޒަމް
- ހޮޓެލް އެންޑް ހޮސްޕިޓާލިޓީ
- ޓެކްނޮލޮޖީ
- ހެލްތް ޕްރޮފެޝަނަލްސް
* މެންޓަލް ހެލްތް
* ޑޮކްޓަރ
* ނާރސް
- އެޑިއުކޭޝަން / އެޑިއުކޭޝަން އިންޑަސްޓްރީ
- ސްޕޯޓްސް
- މީޑިއާ
- އެންވަޔަރަމެންޓް
- އަރޓްސް އެންޑް ހެރިޓޭޖް
- ކޮންސްޓްރަކްޝަން އިންޑަސްޓްރީ
ބިޒްނަސް އެވޯޑް ކެޓަގަރީ:
- އައުޓްސްޓޭންޑިން ވުމެން އެންޓަޕްރިނިއަރ (ލާޖް)
- އައުޓްސްޓޭންޑިން ވުމެން އެންޓަޕްރިނިއަރ (މީޑިއަމް)
- އައުޓްސްޓޭންޑިން ވުމެން އެންޓަޕްރިނިއަރ (ސްމޯލް)
- ބެސްޓް އޯގަނައިޒޭޝަން ފޯ ޕްރޮމޯޓިންގ ވުމެން އިން ވޯރކް ޕްލޭސް
ޕްރޮފެޝަނަލް ކެޓަގަރީ:
- ވުމެން އޮފް ދަ އިޔަރ
- ކެރިއަރ ރޯލް މޮޑެލް އޮފް ދަ އިޔަރ
- ބިޒްނަސް ރޯލް މޮޑެލް އޮފް ދަ އިޔަރ
- ވުމެން ސީއީއޯ/އެމްޑީ އޮފް ދަ އިޔަރ
ސްޕެޝަލް ކެޓަގަރީ:
- ޔަންގ ޔޫތް ލީޑަރޝިޕް އެވޯޑް
- ބެސްޓް ވުމެން އެމްޕަވަރމަންޓް ޕްރޮޖެކްޓް ރަން ބައި އެންޖީއޯ، އިންޓަރނޭޝަނަލް އެންޖީއޯ، އިންޓަނޭޝަނަލް އޯގަނައިޒޭޝަން
މިދިޔަ އަހަރު ވިމްއެމްވީ އިން ބޭއްވި ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑް ހަފުލާގައި އެކި ކެޓަގަރީތަކުން 25 ކަނބަލަކަށް ވަނީ ''ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް'' ލިބިފައެވެ. އެ 25 ކަނބަލުންގެ ތެރެއިން ހަ ކަނބަލުން ވަނީ ލަންކާގެ ކޮލަންބޯގައި ކުރިއަށްދިޔަ 2018 ވަނަ އަހަރުގެ ޓޮޕް 50 ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސްއަށް ނޮމިނޭޓްވެ އެވޯޑު ލިބިވަޑައިގެންފައެވެ.
ވިމެން އިން މެނޭޖްމަންޓަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ އޯގަނައިޒޭޝަނެކެވެ. ރާއްޖޭގެ ޗެޕްޓަރު ހުޅުވީ 2017 ސެޕްޓެމްބަރުގައެވެ. ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.