މުހައްމަދު އައުޒަމް
ރަޝިޔާއިން ޔޫކްރޭނަށް ވަރުގަދަ ޑްރޯން ހަމަލާއެއް ދީފިއެވެ.
ރަޝިޔާ އާއި ޔޫކްރޭނު ހަނގުރާމަ އިތުރަށް ހޫނުވެފައިވާ އިރު، އިއްޔެ ރަޝިޔާއިން ދިން ހަމަލާއަކީ މިހާތަނަށް ޔޫކްރޭނަށް ދީފައިވާ އެންމެ ވަރުގަދަ ހަމަލާއެވެ.
ރަޝިޔާއިން 89 ޑްރޯން ޔޫކްރޭނަށް ފޮނުވާލާފައިވާ އިރު، ހުރިހާ ޑްރޯންތަކެއް ވައްޓާލާފައިވާ ކަމަށް ޔޫކްރޭނުގެ މިލިޓަރީން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ރަޝިޔާއިން ދިން ހަމަލާ އަކީ މިމަހު މިހާތަނަށް ޔޫކްރޭނަށް ދިން ހަތްވަނައެވެ.
ޔޫކްރޭނުގެ މިލިޓަރީން ވަނީ ރަޝިޔާއިން ފޮނުވާލި ހުރިހާ ޑްރޯން ހަމަލާ އަމާޒަށް ވާސިލުވުމުގެ ކުރިން ގޮއްވާލާފައިވާ ކަމަށް ބުނެފައެވެ.
ރަޝިޔާއިން ޑްރޯން ހަމަލާ ދީފައިވާ އިރު، ޔޫކްރޭނުގެ މައިކޮލަވް ރީޖަނަށް ވެސް ވަނީ ހަމަލާ ދީފައެވެ. އެކްސް 59 މަރުކާގެ މިސައިލުން ދިން އެ ހަމަލާތަކުގައި ދެ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.