ޖަރުމަނުގައި ހޮޓަލެއް ވެއްޓި ދެ މީހަކު މަރުވެއްޖެއެވެ.
ޖަރުމަނުގެ ކްރޯވްގައި ހުންނަ އެ ހޮޓާ ވެއްޓުމާއެކު ދެ މީހުން މަރުވެފައިވާއިރު ވެއްޓުނު އިމާރާތުގެ ދަށުގައި ބައެއް މީހުން ތާށިވެފައިވާކަމަށް އޮފިޝަލުން ބުނެފައިވެއެވެ.
ތާށިވެފައިވާ މީހުން ހޯދުމަށް ރެސްކިއު އޮޕަރޭޝަން ފަށާފައިވާއިރު އެ އޮޕަރޭޝަން ތަކުގައި 200 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވަނީ ހޮޓާ ވެއްޓުމުގެ ހާދިސާ ހިނގި ވަގުތު އެ ހޮޓަލުގައި 14 މީހުން ތިބިކަމަށް ބުނެފައެވެ.
އެ ހޮޓަލަކީ ވަރަށް ކުރީގެ އިމާރާތެއް ކަމަށާއި އެންމެ ފަހުން އެ އިމާރާތް މަރާމާތު ކޮށްފައިވަނީ 1980 ވަނަ އަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ.