އިންޑިއާގައި ޗޭނުޖަހައި ބަނދެފައި އޮތް އެމެރިކާ އަންހެނަކު ފެނިއްޖެއެވެ.
އިންޑިއާގެ ހުޅަނގުން އޮންނަ މަހާރަޝްޓްރާގެ ޖަންގައްޔަކުން އެ އަންހެން މީހާ ފެނިފައިވަނީ އޭނާ އެހީއަށް އެދި ހަޅޭއްލެވުމުން އެސަރަހައްދުގައި ތިބި ބަޔަކަށް އަޑުއިވިގެންނެވެ.
އުމުރުން 50 އަހަރުގެ އެ މީހާ ފެނުނު ސަރަހައްދަކީ ގަސް ބޯ ޖައްގައްޔެއް ކަމަށާއި ފެނުމާއެކު ފުލުހުންގެ އެހީގައި އޭނާ ހޮސްޕިޓަލަކަށް ގެންދިޔަ ކަމަށް އޮފިޝަލުން ބުނެއެވެ.
މިހާތަނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެންމީހާ އެތަނުގައި ޗޭނުޖަހައި ބާއްވާފައިވަނީ އޭނާގެ ފިރިމީހާކަމަށް އޮފިޝަލުން ބުނެއެވެ. އެމީހާ ފެނާއި ކާއެއްޗެހިން މަހުރޫމުކޮށް މަރުވާން ދޫކޮށްލާފައި ވާކަމަށްވެސް އޮފިޝަލުން ފާހަގަކޮށްފައިވެއެވެ.
ފުލުހުން ވަނީ އެ އަންހެން މީހާ އިނދެގެން އުޅެނީ ޓަމިލްނާޑޫއަށް ނިސްބަތްވާ މީހަކާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ބުނެފައެވެ.