ދުނިޔެ

ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ ކައިރިން ދިން ހަމަލާއެއްގައި: އިރާން

މުހައްމަދު އައުޒަމް

ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލާފައި ވަނީ ކައިރިން ދިން ހަމަލާއެއްގައިކަމަށް އިރާނުން ބުނެފިއެވެ.

ހަނިއްޔާ އިރާނުގައި ހުންނަވާ ގެސްޓްހައުސްއަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ދިން ހަމަލާއެއްގައި އޭނާގެ އިތުރުން އަރިސް ބޮޑީގާޑަކު އަވަހާރަކޮށްލާފައިވާއިރު އެ ހަމަލާއާ ގުޅޭ ތަފުސީލީ މައުލޫމާތު އިރާނުން ވަނީ އާންމުކޮށްފައެވެ.

އިރާނުގެ ރެވެލިއުޝިނަރީ ގާޑުން ވަނި އެ ހަމަލާ ދީފައިވަނީ ހަނިއްޔާއާ ވަރަށް ކައިރިން ކަމަށާއި އެބަޔަކު ބޭނުންކުރި ގޮވާ އެއްޗެއް އެއްލާލައިގެން ގޮއްވާލާފައިވާކަމަށް ވެސް ބުނެފައިވެއެވެ.

އެ ހަމަލާގައި ގޮއްވާލާފައިވާ އެތީގެ ބަރުދަނުގައި 7 ކިލޯ ހުންނާނެ ކަމަށާއި އެ ގޮއްވުން ގޮވި ވަގުތު ބާރު އަޑުފައްގަނޑެއްގެ އަޑު އިވިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިރާނުގެ ރެވެލިއުޝިނަރީ ގާޑުން ވަނީ އެ ހަމަލާއަކީ އިސްރާއީލުން ދީފައިވާ ހަމަލާއެއްކަމަށް ތުހުމަތު ކޮށްފައެވެ.