މުހައްމަދު އައުޒަމް
ސޯމާލިއާގައި ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއްގައި 32 މީހުން މަރުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން، މިދިޔަ ހުކުރު ދުވަހު ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ ހޮޓަލަކަށް ވަދެ އެ ހަމަލާ ދިނީ ހަ މީހެކެވެ. ހަމަލާގައި އޭގެ ތެރެއިން ފަސް މީހަކު މަރުވެފައިވާއިރު، ހަވަނަ މީހާގެ މައުލޫމާތު އަދި ސާފެއް ނުވެއެވެ.
އެ ހަމަލާގެ ޒިންމާ ސޯމާލިއާގައި ހަރަކާތްތެރިވާ އަލް ޝަބާބް ހަނގުރާމަވެރި ގުރޫޕުން ވަނީ ނަގައިފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ހަމަލާ އަމާޒުކޮށްފައިވަނީ ސޯމާލިއާގެ އޮފިޝަލުންނާއި ފުލުހުންގެ އޮފިސަރުންނަށެވެ.
އެ ހަމަލާގައި އަނިޔާވި މީހުންނަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާދެމުންނެވެ.