ހޮލީވުޑްގެ ތަރި ސޯފީ މޮންކް ރާއްޖޭގައި އެންގޭޖްވެއްޖެއެވެ.
ސޯފީ މޮންކް އޭނާގެ ލޯބިވެރިޔާ ޖޮޝުއާ ގްރޮސްއާ އެކީ ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވަނީ މިދިޔަ ހަފުތާގައެވެ. ސޯފީ އާއި ޖޮޝުއާ ރާއްޖޭގައި އެންގޭޖް ވެފައިވާކަމަށް ސެލެބްރިޓީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ބުނެފައެވެ.
އުމުރުން 39 އަހަރުގެ ސޯފީ އާއި ޖޮޝުއާ އެންގޭޖް ވެފައިވަނީ ރާއްޖޭގެ ހިތްގައިމު ރިޒޯޓް ކްލަބް މެޑް ފިނޮޅުގެ ވިލާގައި ބޭއްވި ސަންސެޓް ޑިނައެއްގައި ކަމަށް ވެސް ހަބަރުތަކުން ބުނެއެވެ.
ސޯފީ މޮންކް އަކީ މަޝްހޫރު ލަވަކިޔުންތެރިއެއްގެ އިތުރުން ހޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކުޅެފައިވާ އެކްޓްރެސްއެކެވެ. މީގެ އިތުރުން ސޯފީގެ ޓީވީ ޝޯވް ތަކަކީ ބެލުންތެރިންގެ މެދުގައި މަގުބޫލު ޝޯވް ތަކެކެވެ.
ސޯފީ މޮންކް ވަނީ ހޮލީވުޑްގެ ކާމިޔާބު ފިލްމު ތަކުން ފެނިގެން ގޮސްފައެވެ. އޭގެތެރޭގައި ލަންޑަން، ޑޭޓް މޫވީ، ކްލިކް އަދި ސްޕްރިންގ ބްރޭކް ފަދަ ފިލްމުތަކުން ފެނިގެން ގޮސްފައެވެ.