މުހައްމަދު އައުޒަމް
އިންޑިއާގެ ކެރެލާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 182 އަށް އަރައިފިއެވެ.
ކެރެލާގެ ވަޔަނަންދް ޑިސްޓްރިކްޓަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 200 އެއްހާ މީހުން ވަނީ ގެއްލިފައެވެ. އެ މީހުން ވަޅުލެވިފައިވާ ކަމަށް ބެލެވޭއިރު މީހުން ސަލާމަތް ކުރުމުގެ ބޮޑު އޮޕަރޭޝަނެއް ދަނީ ކުރިއަށެވެ.
ނަމަވެސް އެ މީހުން ދިރިހުއްޓާ ފެނިދާނެކަމުގެ އުއްމީދު ވަނީ ކުޑަވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން ވަޔަނަންދް ޑިސްޓްރިކްޓްގެ މޫސުން އަދިވެސް ގޯހެވެ. އެހެންވެ އިތުރު ހާދިސާއެއް ހިނގުމުގެ ކުރިން 8000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފައެވެ.