ސްރީ ލަންކާގެ ރިޔާސީ އިންތިހާބު މި އަހަރުގެ ސެޕްޓެމްބަރު 21 ގައި ބާއްވަން އެ ގައުމުގެ އިލެކްޝަނުން ނިންމައިފިއެވެ.
ލަންކާގެ އިލެކްޝަނުން ބުނީ، އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ހަތަރު ކެނޑިޑޭޓުން ވާދަކުރައްވާނެ ކަމަށެވެ. އެއީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ސަރަތް ކީތިރަތްނެގެ އިތުރުން އެ ގައުމުގެ ނިއު އިންޑިޕެންޑެންޓް ފްރަންޓް ޕާޓީގެ އޮޝާލާ ހެރަތް އަދި ލަންކާގެ ވޯކާސް ޕާޓީގެ ފަރާތުން އޭއެސްޕީ ލިޔަނަގެއެވެ.
ލަންކާގެ މިހާރުގެ ރައީސްގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ އެ މަގާމަށް އައްޔަންކޮށްފައި ވަނީ 2022 ވަނަ އަހަރު އޭރު ލަންކާގެ ސިޔާސީ މަޝްރަހު ހޫނުވެ ބޮޑެތި މުޒާހަރާތައް ކުރަން ފެށުމާއި ގުޅިގެން ރައީސްކަމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ ގައުމު ދޫކޮށް ފިއްލެވުމަށްފަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.