އެމްއެންޑީއެފް

އެމްއެންޑީއެފް ގެ މެޑިކަލް ސާވިސް ތަރައްގީ ކުރުމާބެހޭގޮތުން މަޝްވަރާކޮށްފި

ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ މެޑިކަލް ސާވިސް ތަރައްގީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް، އިންޑިޔާގެ އާމްޑް ފޯސަސް މޭޖަރ ޖެނެރަލް ޑރ. ޕްރަޝާންތު ބާރްދްވާޖްއާ އެކު މަޝްވަރާ ކުރައްވައިފިއެވެ.

މޭޖަރ ޖެނެރަލް ޑރ. ޕްރަޝާންތު ބާރްދްވާޖްއާ ބައްދަލު ކުރެއްވުމަށްފަހު ޝީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް، މިއަދު ވިދާޅުވީ، ޑރ. ޕްރަޝާންތުގެ ޓީމާއެކު ކުރިއަށްގެންދިޔަ މަޝްވަރާތައް މުހިއްމު ކަމަށެވެ.

މި މަޝްވަރާތަކަށްފަހު، ޝަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، އިންޑިޔާގެ އާމްޑް ފޯސަސްގެ ފަރާތުން ރާއްޖެއަށް ވެދެމުން އަންނަ އެހީތަކާއި ލިބިދީފައިވާ ފުރުސަތުތައް ފާހަގަކުރައްވާ ކަމަށެވެ.

އިންޑިޔާގެ އާމްޑް ފޯސަސް މޭޖަރ ޖެނެރަލް ޑރ. ޕްރަޝާންތު ބާރްދްވާޖް ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރުގައި އިއްޔެ ވަނީ ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާވެސް ބައްދަލު ކުރައްވައިފައެވެ.