ޚަބަރު

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވަނީ

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް ދިޔަވަމުންދާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ، ތިލަފުއްޓާއި ދިމާ ބޭރުން ދަތުރުކުރަމުންދާ "ސުވެނިއާ 34" ލޯންޗު ފަޅައިގެން ގޮސް ދިޔަވަމުންދާތީ، މާލެ އޭރިއާ، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަނުން އެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އެ ލޯންޗުގައި ތިބީ 34 ފަތުރުވެރިންނާއި ހަތަތު ކުރޫއިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ،

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއް ފަޅައިގެން ގޮސް ދިޔަވަމުންދާއިރު، ކުޑަކުދިން ހިމެނޭހެން 48 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއްވެސް މިއަދު ވަނީ އަޑިއަށް ގޮސްފައެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށްފައެވެ.