މުހައްމަދު އައުޒަމް
އެމެރިކާގެ ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ކިމްބާލީ ޗީޓެލް އިސްތިއުފާ ދެއްވައިފިއެވެ.
ކިމްބާލީ ޗީޓްލް އިސްތިއުފާ ދެއްވާފައި މިވަނީ އެމެރިކާގެ ރިޔާސީ ރޭހުގައި ބައިވެރިވާ ކުރީގެ ރައީސް އަދި އިދިކޮޅު ރިޕަބްލިކަންގެ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް ދިން ހަމަލާ ހުއްޓުވުމަށް ސީކްރެޓް ސާވިސް ނުކުޅެދުނު ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމުންނެވެ.
އިސްތިއުފާގެ ސިޓީގައި ކިމްބާލީ ޗީޓްލްގެ ވަނީ މިއީ މި ދަނޑިވަޅުގައި ނަގަން ޖެހުނު އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ސީކްރެޓް ސާވިސްގެ މިޝަންތަކަށް އެއްވެސް ބުރޫއެެއް ނާރާނެ ކަމަށް ވިދާޅުވެފައެވެ.
ސީކްރެޓް ސާވިސްގެ ޑިރެކްޓަރު ކަމަށް ކިމްބާލީ ޗީޓެލް އައްޔަންކޮށްފައި ވަނީ 2022 ވަނަ އަހަރެވެ.