ސައުދީ އަރަބިއްޔާ އިން އަށް ޓެރަރިސްޓަކު މަރާލައިފިއެވެ.
އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ހޮނިހިރު ދުވަހު ސައުދީ ސިފައިން، އެގައުމުގެ އިރުމަތީގެ ގަތީފް ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދިޔަ އަށް ޓެރަރިސްޓަކު މަރާލާފައިވާ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ޕްރެސް އެޖެންސީގެ އޮފިޝަލަކު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ އަށް މީހުން މަރާލާފައިވަނީ ސައުދީ އަރަބިއްޔާއަށް ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ރާވަމުން ގެންދަނިކޮށެވެ. އޭނާ ބުނެފައިވަނީ ފުރަތަމަ އެމީހުންނަށް އަމާންދިނުމަށް ސައުދީގެ ސަލާމަތީ ބާރުގެ ސިފައިން އެދުނު ކަމަށާއި ނަމަވެސް އެމީހުން އަމާން ނުދީ ހަމަލާދޭން ފެށުމުން، ސައުދީ ސިފައިން އެމީހުންނަށް ހަމަލާދީ މަރާލީ ކަމުގައެވެ.
މިހަމަލާތަކުގައި ސައުދީ ސިފައިންގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.