އިޓަލީގެ ބޮޮޑުވަޒީރުގެ އިސްކޮޅާ ބެހުނު ނޫސްވެރިޔަކު ޖޫރިމަނާކޮށްފިއެެވެ.
އިޓަލީގެ ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ އިސްކޮޅަށް ޖޯކު ޖަހައި ޓުވިޓާ މެދުވެރިކޮށް ބެހުނު ނޫސްވެރިޔާ ޖޫރިމަނާކޮށްފައި ވަނީ 5400 އެމެރިކާ ޑޮލަރުންނެވެ.
އިޓަލީގެ ވެރިރަށް މިލާންގެ ކޯޓުން މި ހުކުމް ކޮށްފައިވަނީ ގިއޫލިއާ ކޯޓެސް ނަމަކަށް ކިޔާ އެ ގައުމުގެ ނޫސްވެރިޔަކަށެވެ. ނޫސްވެރިޔާ ގިއޫލިއާ ބޮޑުވަޒީރުގެ އިސްކޮޅާ ބެހިފައިވަނި 2021 ވަނަ އަހަރުގެ އޮކްޓޫބަރުގައި އޭނާ ކުރި ޓުވީޓެއްގައެވެ.
މި ނޫސްވެރިޔާ ވަނީ އޭނާ ބޮޑުވަޒީރު ޖިއޯޖިއާ ދެކެ ބިރު ނުގަންނަކަމަށާއި ބޮޑުވަޒީރުގެ އިސްކޮޅުގައި ހުންނަނީ އެންމެ ހަތަރު ފޫޓުކަމަށް ބުނެ މަލާމާތް ކޮށްފައެވެ.
މިލާންގެ ކޯޓުން ކުރި ހުކުމުގައި ވާގޮތަށް ނޫސްވެރިޔާ ޖޫރިމަނާ ދެއްކުމުން އެ ފައިސާ ޗެރިޓީއަކަށް ހަދިޔާ ކުރާނެ ކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.