ދުނިޔެ

2080 ވަނަ އަހަރު ދުނިޔޭގެ އާބާދީ 10.3 ބިލިއަނަށް އަރާނެ: އދ

މުހައްމަދު އައުޒަމް

ދެހާސް އަށްވަނަ އަހަރު ދުނިޔޭގެ އާބާދީ 10.3 ބިލިއަނަށް އަރާނެ ކަމަށް އދ އިން ބުނެފިއެވެ.

އދ އިން ނެރެފައިވާ ރިޕޯޓެއްގައި ވާގޮތުން މިހާރު ދުނިޔޭގެ އާބާދީ ހުރީ 8.2 ބިލިއަނުގައެވެ. އާބާދީ އިތުރުވާ ނިސްބަތަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ވާގޮތުން 2100 ވަނަ އަހަރަށް އަންނަ އިރު ހަ ޕަސެންޓަށް ދުނިޔޭގެ އާބާދީ ދަށްވާނެ ކަމަށް ބެލެވެއެވެ.

ދުނިޔޭގެ ނިސްބަތުން ކޮންމެ ހަތަރު މީހުންގެ ތެރެއިން އެކަކު އުޅެނީ އާބާދީ އެންމެ އިތުރުވާ ގައުމުތަކުގައި ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އދ އިން ބުނެފައިވާ ގޮތުގައި، 2024 ވަނަ އަހަރުގެ ކުރީން 63 ގައުމެއްގެ އާބާދީ ވަނީ ނިސްބަތުން އިތުރުވެފައެވެ. އެ ގައުމުތަކުގެ ތެރޭގައި ޗައިނާ ޖަރުމަން އަދި ރަޝިޔާވެސް ހިމެނެއެވެ.