ދުނިޔެ

ޗައިނާގައި ކައްކާ ތެޔޮ އުފުލާ ގޮތް ބަލަން ތަހުގީގެއް ކުރަނީ

މުހައްމަދު އައުޒަމް

ޗައިނާގައި ކައްކާ ތެޔޮ އުފުލާ ގޮތް ބެލުމަށް ތަހުގީގެއް ފަށައިފިއެވެ.

ޗައިނާގެ ސަރުކާރުން އެ ތަހުގީގު ފެށީ ނުރައްކާތެރި ތެޔޮ އުފުލާ ތެޔޮ ޓޭންކުތަކުގައި ކައްކާ ތެޔޮ އުފުލާތީއާއި ކައްކާ ތެޔޮ އުފުލާ ޓޭންކުތައް ސާފު ނުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކުރަން ފެށުމުންނެވެ. ޗައިނާގެ ބައެއް ނޫސްތަކުން ވަނީ އެފަދަ ރިޕޯޓްތައް ގެނެސްފައެވެ.

މީގެ ކުރިން 2008 ވަނަ އަހަރު، ކެމިކަލްއާ އެއްވެފައި ހުރި ކިރުގެ ބާވަތެއް ބޭނުންކޮށްގެން ޗައިނާގެ 300،000 އަށްވުރެ ގިނަ ކުދިން ވަނީ ބަލިވެފައެވެ. އޭގެތެރެއިން ހަ ކުއްޖަކު މަރުވެސްވިއެވެ.